މައުޟޫޢު / މައުޟޫޢުތައް
_ތަކެތީގެ ނަމުން_ މަޢުލޫމާތު ހޯދާނޭގޮތް
މި ކަލެކްޝަންއިން ތަކެތި ހޯދުމުގައި ބޭނުންކުރެވިދާނެ 7 ގޮތް ވެއެވެ.
- ލިޔުންކޮޅުތެރޭގައި ހިމެނޭ އިބާރާތް ހޯދުމުގައި ހޯދާ މިފިތް ބޭނުންކޮށްގެން ހޯދާ
- މުސައްނިފު ގެ ލިޔުންތައް ބެލުމަށް Authorއަށް އޮބާލާ
- ސުރުހީ ގެ ލިޔުންތައް ބެލުމަށް ސުރުޚީ / ސުރުޚީތައް އަށް އޮބާލާ
- ޝާއިއުކުރިފަރާތް ގެ ލިޔުންތައް ބެލުމަށް ޝާއިއުކުރި ފަރާތް އަށް އޮބާލާ
- Placeގެ ލިޔުންތައް ބެލުމަށް Placeއަށް އޮބާލާ
- Yearގެ ލިޔުންތައް ބެލުމަށް Yearއަށް އޮބާލާ
- Title-A-Zގެ ލިޔުންތައް ބެލުމަށް Title-A-Zއަށް އޮބާލާ
ލިޔުންތައް ކިޔާނޭ ގޮތް
ވަކި ފޮތެއް ނުވަތަ ލިޔުމަކަށް ދެވުމުން މަތިން ވާތްފަރާތުގައި ހުންނަ ތަސްވީރުތަކުން އެ ލިޔުމުގެ ބާވަތް އެނގެން އޮންނާނެއެވެ. ބައެއް ކަލެކްޝަންތަކުގައި އެ ލިޔުމުގައި ހިމެނޭ ބައިތަކުގެ ތާވަލެއް ފެންނަން އޮންނާނެއެވެ. މި ތާވަލުގައި އެވަގުތަކު ފެންނަންއޮން ސެކްޝަން ހެޑިންގް އިންނާނީ ފަވާފައިވާ އަކުރުންނެވެ އަދި މި ތާވަލްއިތުރަށް ތަފްޞީލްކުރެވޭނެއެވެ. -- ފޯލްޑަރު އައިކޮނަށް އޮބާލުމުން އެބައި ހުޅުވާ/ލައްޕާލެވޭނެއެވެ؛ މަތީގައި އޮތް ފޮތުގެ އައިކޮނަށް އޮބާލުމުން މިބައި ލައްޕާލެވޭނެއެވެ.
ދަށުރޮނގު ދަމާފައި ތިރީގައިއެވަނީ މިސެކްޝަންގެ ލިޔުންކޮޅެވެ. އެބައިކިޔައިނިމުމުން ތިރީގައި އެވާ ތީރުތައް ބޭނުންކޮށްގެން އެހެން ސެކްޝަންތަކަށް ދެވޭނެއެވެ.
ސުރުހީ ނުވަތަ ބޭރުސަފުހާ އިމޭޖުގެ ތިރީގައިއެވަނީ އިތުރު ފިތްތަކެކެވެ. މިތަނުން ލިޔުންކޮޅު އިތުރަށް ފެންނާނޭހެން އޮބާލުމުން އިތުރަށް ތަފްޞީލް ކޮށް ލިޔުންކޮޅުބަލާލެވޭނެއެވެ. ލިޔުމަކީ ބޮޑުލިޔުމެއްނަމަ، ބޭނުންކުރުމަށް ގިނަވަގުތުތަކެއް ނުވަތަ އިތުރު މެމަރީ ބޭނުންވުމަކީ އެކަށީގެންވާކަމެކެވެ! ނިމޭ ތާރީޚު މިފިތަށް އޮބާލުމުން ހިމެނޭބައިތަކުގެ ތާވަލް އިތުރަށް ތަފްޞީލްކޮށްލެވޭނެއެވެ. މިގޮތަށް ހެދުމުން ޗެޕްޓަރތަކުގެ ނުވަތަ ސަބްސެކްޝަންތައް އިތުރަށްބަލާލެވޭނެއެވެ.ވަކިކުރުން އަށް އޮބާލުމުން އައު ބްރައުސަރ ވިންޑޯއެއް ހުޅުވޭނެއެވެ. މީގެ އިތުރުން ބަސްތަކެއް ބޭނުންކޮށްގެން ހޯދުމުން އެބަސްތައް ހައިލައިޓްކުރެވިފައި ހުންނާނެއެވެ. ހައިލައިޓްކުރަން ބޭނުންނުވާނަމަ ހައިލައިޓްކުރަންބޭނުންނުވޭ މިފިތަށް އޮބާލާށެވެ.
| މިފޮތް ހަރު ހުޅުވާ |
| | މިފޮތް ލައްޕާލާ/ހުޅުވާ |
| މިލިޔުމުގެ މިސެކްޝަން ބެލުމަށް |
| | ކުރީގެ ބަޔަށް ގެންދޭ / ދެންޖެހިގެން އޮތްބަޔަށް ގެންދޭ |
|
| މުޅި ލިޔުމުގެ އިބާރާތް، އަދި ނުލާ |
|
| އެކުލެގެންބައިތަކުގެ އިތުރު ތަފުސީލު، ނުވަތަ ނުލާ ؟ |
| | މި ޞަފުހާ އައު ވިންޑޯއެއްގައި ހުޅުވައިދޭށެވެ |
|
| ހޯދަން ބޭނުންވާ އިބާރާތް ފާހަގަކުރޭ، ނުވަތަ ނޫނީ |
ބައެއް ބަސްތައް ހޯދާނޭގޮތް
ހޯދާ ސަފުހާގައި ތިރީގައިވާހެން ހޯދުމުގެ އިބާރާތް ލިޔެވިފާނެއެވެ.ހޯދަންބޭނުންވާ އައިޓަމްތައް ބަޔާންކުރުން.ބޭނުންވަނީ ހުރިހާ ބަސްތަކެއްތޯ ނުވަތަ ވަކިބަސްތަކެއްތޯ ބަޔާންކުރުން.ހޯދަން ބޭނުންވާ ބަސައްތައް ޓައިޕުކުރުމަށްފަހު "ހޯދާ" މި ފިތަށް އޮބާލާ.މިގޮތަށް ހޯދުމުން ގިނަވެގެން އެއާއި ގާތްކުރާ 20 ލިޔުން ދައްކުވައިދޭނެ. މިތަނުން، އިތުރު ލިޔުން ހުރިކަމަށްވަނީނަމަ އެ ސަފުހާތަކަށް ދިއުމަށް ފިތްތަކެއްވާނެއެވެ. އެންމެގިނަވެގެން ދައްކުވައިދާނީ 50 ލިޔުމެވެ. މިޢަދަދު ބަދަލުކުރަން ބޭނުންވަނީނަމަ މިސަފުހާގެ މަތީގައިއެވާ _ސ_ ފިތައް އޮބާލާ
ހޯދަންބޭނުންވާ އިބާރާތް
ހޯދާ ގޮޅީގައި ޓައިޕުކުރާ އިބާރާތްތައް ބެލެވޭނީ ބަސްތަކުގެ ލިސްޓެއްގެ ގޮތުގައި ނުވަތަ "ހޯދާ ބަޔާން" މިގޮތަށެވެ. އިބާރާތަކީ އަކުރުތަކެއްގެ މައްޗަށް ބިނާވެފައިވާ އެންމެ ލަފުޒެކެވެ، ނުވަތަ އެކުގައިވާ ލަފުޒުތަކެކެވެ. ލަފުޒުތަކެއްނަމަ ހޯދާނީ ("...") ކޮމާކޯޅި ބޭނުންކޮށްގެނެވެ. ކޮންމެ އިބާރާތެއްގެ ނަތީޖާހޯދުމަށް ހޯދާއިރު އެއް އިބާރާތާއި އަނެއް އިބާރާތެއް ވަކިކޮށްދެނީ ދޫކުރެވޭ ހުސް އަކުރުންނެވެ. އެހެން ނިޝާންތަކެއް (މިސާލަކަށް ކޮމާ) ހިމެނޭނަމަ މިވެސް ބަލާނީ ދެލަފްޒު ވަކިކުރާ ނިޝާނެއްގެ ގޮތުގައެވެ. މިފަދައެއްވެސް ނިޝާނެއް ބޭނުންކޮށްގެން ހޯދޭނޭގޮތް މި ޑިޖިޓަލް ލައިބްރަރީގައި ހަމަޖެހިފައިނުވެއެވެ.މިސާލަކަށް،
ހޯދާއިބާރާތުގެ ގޮތުގައި ރާއްޖޭގެ ތާރީޚް: އަވަސް ނަޒަރަކުން (1993) މިގޮތަށް ބޭނުންކުރުމާއި ރާއްޖޭގެ ތާރީޚް އަވަސް ނަޒަރަކުން 1993 މިއިބާރާތާއި ހޯދާ ނަތީޖާތަކުގައި ތަފާތެއް ނުހުންނާނެއެވެ.
އެމް.ޖީ.ޕީ.ޕީ. ބޭނުންކޮށްގެން ތައްޔާރުކުރާ ކަލެކްޝަންތަކުގައި ތަކެތި ހޯދުމަށް އިތުރު ގޮތްތަކެއް ބޭނުންކުރެވިދާނެއެވެ. ހޯދަން ބޭނުންކުރާ އިބާރާތެއްގެ ފަހަތުގައި * ބޭނުންކުރުމުން * އާއި ހަމައަށް ހުރި ހުރިހާ އަކުރެއް ހިމެނޭ ތަކެތި ދައްކުވައިދޭނެއެވެ./× ބޭނުންކުރުމުން ހޯދުމުގެ ތެރޭގައި ބަސްބަހަށް ދޭންވީ އަހަންމިއްޔަތު ބުނެދެއެވެ. މިސާލު ކޮމްޕިއުޓަރު/10 އިލްމު މިގޮތަށް ޖަހައިގެން އެއްޗެތި ހޯދުމުން ދައްކުވައިދޭނީ ކޮމްޕިއުޓަރު މިލަފްޒަށް އިލމު މިދެލަފުޒުން ހޯދަން ސްޓާފުން ބެލިޔަސް ރީތިވުމަކީ ނުކުރާން އޮތްކަމެއް ނޫން.
ހޯދާ ބައިތައް
ތަކެތި ހޯދުމުގައި ބޭނުންކުރެވޭނޭ ތަފާތު ދެގޮތެއް ވެއެވެ. ތެކެތި ހޯދުމުގައި ހުރިހާ ބަސްތައް. މިގޮތަށް ބޭނުންކުރުމުން ހޯދައިދޭނީ ބަޔާންކުރި ހުރިހާ ބަސްތައް ހިމެނޭ ލިޔުންތަކެވެ. މިގޮތުން ހޯދޭތަކެތި ލިސްޓްކުރެވޭނީ ތައްޔާރުކުރި ތަރުތީބުންނެވެ.ތެކެތި ހޯދުމުގައި ބައެއް ބަސްތައް. މިގޮތަށް ބޭނުންކުރުމުން ހޯދަންބޭނުންކުރި ބަސްތަކުންކުރެ ހަމައެކަނި ބައެއް ބަސް ހިމެނޭ ލިޔުންތައްވެސް ދައްކުވައިދޭނެއެވެ. މިގޮތުން ހޯދޭތަކެތި ލިސްޓްކުރެވޭނީ ހޯދަންބޭނުންކުރި އިބާރާތާ އެންމެ ގާތްކުރާ ލިޔުންތަކުގެ ތަރުތީބުންނެވެ. މިގޮތުން ގާތްކުރާ ނިސްބަތް ބެލިފައިވަނީ:ހޯދަންބޭނުންކުރި ބަސްތައް ލިޔުންތަކުގައި ތަކުރާރުވާ މިންވަރު؛ހޯދަންބޭނުންކުރި ބަސްތަކަކީ ނިސްބަތުން އެލިޔުމަކަށް އެހާ އާންމުބަސްތަކެއްގައި ނުވާ ލިޔުންތަކަށް އިސްކަންދީގެން؛ކުރު ލިޔުންތައް ދިމާވާ މިންވަރު ދިގު ލިޔުންތަކަށްވުރެ ބޮޑުވާނެއެވެ. ހޯދުމުގައި ކިތަންމެ ގިނަ ބަސްތަކެއްވެސް ބޭނުންކުރެވިދާނެއެވެ -- ޖުމްލައެއް ނުވަތަ ޕެރެގުރާފެއްވެސް ބޭނުންކުރެވިދާނެއެވެ. އެންމެ ބަހެއް ބޭނުންކޮށްގެން ހޯދައިފިނަމަ ނިތީޖާ ދައްކައިދޭނީ އެބަސް އެންމެގިނައިން ތަކުރާރުވާ ލިޔުންތަކުގެ ތަރުތީބުންނެވެ.
ހޯދާބައިގެ ސޯކޯޕް
ގިނަ ކަލެކްޝަންތަކުގައި ތަކެތި ހޯދުމުގައި ގިނަ ފިހުރިސްތު ތަކެއް ބޭނުންކުރުމުގެ އިޚުތިޔާރު ދެވެއެވެ. މިސާލަކަށް، މުޞަންނިފުގެ ފިހުރިސްތު، ސުރުހީގެ ފިހުރިސްތު. ނުވަތަ ބައެއް ހާލަތުގައި ބާބުގެ ނުވަތަ ޕެރެގްރާފްގެ ފިހުރިސްތުވެސް ހުރެދާނެއެވެ. ގިނަފަހަރަށް ހޯދާ އިބާރާތާ މުޅިންދިމާވާ ތަކެތި ކޮންމެ ފިހުރިސްތަކުން ހޯދިކަމުގައިވިޔަސް ފެންނާނެއެވެ. ހޯދޭ ލިޔުންތަކަކީ ފޮތްކަމުގައިވަނީނަމަ، އެ ފޮތާއިބެހޭބައިގައި ހުޅުވޭނެއެވެ.
MGPP
ސާރޗް އެންޖިން ބޭނުންކޮށްގެން އިތުރަށް ހޯދުމަށް
ބޭނުންވާގޮތުގައި ހޯދުމުގެ ޚާއްސަގޮތް ނަގާފައިވާނަމަ ހޯދުމުގެ އިޚުތިޔާރުތައް ތަފާތުވާނެއެވެ.
ނޯޓު: އާދައިގެ ހޯދާމޯޑްގައި ބޭނުންކުރާނަމަ މި އޮޕަރޭޓަރތައް ފާހަގަނުކުރާނެއެވެ.
ބައިބައި ހިމެނޭހެން ހޯދާ
ބައިބައި ހިމެނޭހެން ހޯދުމުން ތަފާތު ބައިބައިގެ މަޢުލޫމާތު އެއްކޮށްގެން ހޯދުމުގެ ފުރުސަތު ދެވެއެވެ. މިސާލު: 'ސުމިތު' ސުރުޚީގައި ޖަހާ "އަދި" "ބަރަބޮލުގެ ދަނޑުވެރިކަން" މާއްދާ ގައި ލިޔެ ހޯދުމުން އާދައިގެ ހޯދުމުގައި މި ދެ ބައި އެއްކޮށް "އަދި" (ހުރިހާ ހޯދުމަށް) "ނުވަތަ" (ބައެއްތަކެތި ހޯދުމަށް) ބޭނުންކޮށް ނަތީޖާ ނެރޭނެއެވެ. ޚާއްސަ މޯޑުގައި ތަފާތު ގޮތްގޮތަށް "އަދި/ނުވަތަ/ނުލައި" ހިމަނައިގެން ހޯދިދާނެއެވެ.
ބޭނުންވާގޮތް ބަދަލުކުރުމަށް
ޞަފުހާގެ މަތީގައި އެވާ ހަވާލާތައް ފިތަށް އޮބާލުމުން މި އިންޓަރފޭސް ގެ ފީޗަރސްތައް ބަދަލުކުރުމުގެ އިޚްތިޔާރުތަކެއް ފެންނާނެއެވެ.
ކަލެކްޝަން ހުރުމަށް ބޭނުންވާގޮތް
ބައެއް ކަލެކްޝަންގަ ސަބްކަލެކްޝަން ހިމެނޭނެއެވެ. މިތަކެތި ވަކިވަކިން ނުވަތަ އެކައްޗެއްގޮތަށްވެސް ހޯދިދާނެއެވެ. މިގޮތުން ބޭނުންވާ ކަލެކްޝަންތައް އިޚްތިޔާރީ ޞަފުހާގައި ފާހަގަކުރޭ.
ބޭނުންވާ ބަސް
ކޮންމެ ކަލެކްޝަނަކަށް ޚާއްސަ ބަހެއް ހަމަޖެހިފައިވެއެވެ. ނަމަވެސް ބޭނުންނަމަ އެހެން ބަހަކަށް ބަދަލުކުރެވިދާނެއެވެ. އަދި އެހެން އެންކޯޑިންގ ސްކީމްއަކަށްވެސް ބަދަލުކުރެވިދާނެއެވެ --ހުރިހާ ކަލެކްޝަނަކުންވެސް ތަސްވީރުހިމެނޭގޮތަށް ނުވަތަ ހަމައެކަނި ލިޔުންކޮޅު ފެންނަގޮތަށް ބަދަލުކުރެވިދާނެއެވެ.
ދައްކުވައިދޭންވީގޮތުގ އިޚްތިޔާރީ ޞަފުހާ
ބޭނުންކުރަމުން ގެންދަވާ ބައެއްގެ ބާވަތުން، އެތަކެތި ފެންނަގޮތް ދެތިންގޮތަކަށް ބަދަލުކުރުމުގެ އިޚުތިޔާރުލިބޭނެއެވެ.ވެބްޕޭޖުތަކުން އެކުލެވިފައިވާ ތަކެތި ބޭނުންކުރުމުގައި ސަފުހާގެ މަތީގައިވާ ގްރީންސްޓޯންގެ ނެވިގޭޝަން ބާރ ނުފެންނަގޮތަށް ބަދަލުކުރެވިދާނެއެވެ. މިގޮތަށް ހެދުމުން ސީދާ ވެބްޕޭޖަށް ގެންގޮސްދޭނެއެވެ. އަދި އިތުރަށް ހޯދަން ބޭނުންވާނަމަ "ފަހަތަށް" މި ފިތައް އޮބާށެވެ. މި ބައިތަކުން ގްރީންސްޓޯންގެ އިންޒާރު ނޯޓުތައްވެސް ނާރާގޮތަށް ހެދޭނެއެވެ. ......
ހޯދަންބޭނުންވާ ގޮތް
ހޯދާގޮތް، "މަތީދަރަޖައިގެ" ހޯދުމަކަށް ބަދަލުކުރެވިދާނެއެވެ. މިގޮތަށް ބަދަލުކުރުމުން ތަފާތު އިބާރާތް، & (އަދި)، | (ނުވަތަ)، އަދި ! (ނުލައި)، ނުވަތަ ބުރެކެޓް ބޭނުންކޮށްގެން، ގުޅުވައިގެން ހޯދުމުގެ ފުރުޞަތުލިބޭނެއެވެ. މިގޮތަށް ބޭނުންކުރުމުން ހޯދަންބޭނުންވާ އެއްޗާގާތްކުރާ ނަތީޖާ ލިބުގެ ފުރޞަތު ބޮޑުވާނެއެވެ.
ކަލެކްޝަން ހޯދަންބޭނުންކުރާ ގޮތް "އާދައިގެ" ހޯދުން، ނުވަތަ "ބައިތަކުން" ހޯދާގޮތަށް ބަދަލުކުރެވިދާނެއެވެ.
- އާދައިގެ ހޯދުމުގައި ފެންނާނީ އެންމެ ހޯދާ ގޮޅިއެކެވެ. ހޯދަން ބޭނުންކުރާ ގޮޅި ބޮޑުކުރުމުގެ ފުރުޞަތު އެބައޮތެވެ. މިގޮތަށް ކަންކުރުމުން ޕެރެގްރާފް ޓައިޕުކޮށްގެންވެސް ހޯދިދާނެއެވެ. މިގޮތަށް ހޯދުމުގެ ސުޕީޑުވެސް ވަރަށް އަވަހެވެ.
- ބައިތަކުން ހޯދުމުގައި ދެތިން ބާވަތުގެ ހޯދާގޮޅި ފެންނަން އޮންނާނެއެވެ. މިއިން ކޮންމެ ގޮޅިއަކުނ ތަފާތު ބަޔަކަށް ހޯދުން އަމާޒުކުރެވޭނެއެވެ. މިގޮތަށް ބޭނުންކުރުމުން އެކި ބައިތަކަށް ބޭނުންކޮށްގެން އެއްފަހަރާ ހޯދޭނެއެވެ. ހޯދަންބޭނުންވާ ބައިތަކުގެ ޢަދަދު ފޯމުން ބަދަލުކުރެވިދާނެއެވެ
ހޯދުމުގައި، ކެޕިޓަލް އަކުރާއި ސިންމަލް އަކުރުގެ އެއްގޮތްތޯ ނުވަތަނޫންތޯ ނިންމުމަށްވެސް މިކަމަށް ހާއްސަފިތްތަކަކުން ކަނޑައެޅޭނެއެވެ. މިސާލަކަށް،"އަކުރާއި ފިލި އެއްގޮތްނުވިޔަސް ރަނގަޅު " ބޭނުންކޮށްގެން ހޯދުމުން snail farming SNAIL FARMING މިދެގޮތަށްވެސް ހޯދާދޭނެއެވެ.
ހޯދުމުގައި، ބަހުގެ ފަހުގެބައި އުނިކުރުން ނުވަތަނުކުރުން މިކަމަށް ޚާއްސަ ދެފިތެއް ބޭނުންކޮށްގެން ކޮންޓްރޯލްކުރެވިދާނެއެވެ. މިސާލަކަށް "ބަސްނިމޭގޮތް މުހިންމެއްނޫން " ފާހަގަކޮށްފައިވާނަމަ ސްނެއިލް ފާމް އަދި ސްނެއިލް ފާމަރ އަދި ސްނެއިލް ފާމިންގ މި ހުރިހާގޮތަށްވެސް ހޯދާދޭނެއެވެ. މިވަގުތު މި ފީޗަރ ބޭނުންކުރެވެނީ އިނގިރޭސި ބަހުގެ ލިޔެކުޔުމާއެކީގައެވެ.
ތަކެތި ހޯދުމުގައި ބަހުރުވަ ދިމާވާގޮތަށް ހޯދުމުގެ އިޚްތިޔާރު ލިބޭނެއެވެ. މިސާލަކަށް، "ބަހުރުވައަށްނުބަލާ " މި ކޮންޓްރޯލް ސެލެކްޓް ކޮށްފައިވާނަމަ، fédération، fedération އަދި federation މި ހުރިހާގޮތަކަށް ލިޔެފައިވާ ބަސްތައްވެސް ބަލާނީ އެއްބަހެއްގެ ގޮގުގައެވެ.
ކުރީގެ ހޯދިތަކެތި، މި ފީޗަރ އޮންކުރުމުން، ހޯދުމުގެ މަސައްކަތްތަކަށް މަގުފަހިވާނެއެއެވެ. ކުރިން ހޯދިއެއްޗެއް ކުޑަ ބަދަލެއްގެންސް ހޯދާލުމުގައި ވަގުތުސަލާމަތްވާނެއެވެ.
ހޯދުމުގެ ނަތީޖާގައި ދައްކުވައިދޭންވީ މިންވަރާއި، ޞަފުހާއަކުން ފެންނަންވީވަރުވެސް ބަޔާންކުރުމުގެ އިޚްތިޔާރު ލިބޭނެއެވެ.